ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ދަރުބާރުގޭގައި

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާ އާއި ރިޔާސީ ބަޔާން އިއްވުން ދަރުބާރުގޭގައި ބާއްވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ. މިދިޔަ އަހަރުވެސް މަޖިލީސް ހުޅުވާ ޖަލްސާ ބާއް...

23 Jan 2017 | 08:38

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާ އާއި ރިޔާސީ ބަޔާން އިއްވުން ދަރުބާރުގޭގައި ބާއްވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.

މިދިޔަ އަހަރުވެސް މަޖިލީސް ހުޅުވާ ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގައި އެވެ. މިއަހަރަށް މަޖީސް ހުޅުވާ ޖަލްސާ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

އެ ޖަލްސަގައި އޮންނާނީ ހަމަ އެކަނި ރިޔާސީ ބާޔާން އިއްވުމެވެ. ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތާއި ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ގިނަ ބިލް ތަކެއް ފާސްކޮށްފައިވެ އެވެ. އެކަން ސަރުކާރު ހިންގާ ޕާޓީ އާއި ތާއީދު ކުރައްވާ މެންބަރުން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރައްވާއިރު އިދިކޮޅު މެންބަރުން ވިދާޅުވެފައިވަނީ އޭގެން އެއްވެސް ބިލަކީ ރައްޔިތުންނަށް ފައިދާ ކުރާނެ ބިލެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް