ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ކުރަމުންދާ ކަރަން ޖޯހަރު އޭނާ ކުރީގެ ގާތް އެކުވެރިޔާ ކާޖޮލް އާއި ފިރިމީހާ އަޖޭ ދޭވް ގަން އާއި ގުޅޭގޮތުން މިހާރު ދައްކަމުންދާ ހަޑި ހުތުރު ވާހަކަތަކަކީ އޭނާ ފޮތް ވިއްކުމަށް ދައްކާ ވާހަކަތަކެއް ކަމަށް އެ ދެތަރިން ބުނެފި އެވެ.
ކަރަން ޖޯހަރު ވަނީ އޭނާ ހަޔާތުގައި ދިމާވެފައިވާ ކަންކަމާ ގުޅޭގޮތުން ލިޔެފައިވާ ފޮތެއް ނެރެފައި އެވެ. އޭގައި ކަރަން ބުނެފައިވަނީ ކާޖޮލް އަކީ ކުރިން ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އެކަމަކު މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ބުނެފައިވަނީ އެއް އިރެއްގައި ކާޖޮލް އާއި ދޭތެރޭ އާދަޔާ ހިލާފު އިހުސާސްތަކެއް އޭނާގެ ހިތުތެރޭގައި އުފެދުނު ކަމަށާއި އެކަމަށް ކާޖޮލް މަލާމާތްކޮށް ފުރަގަސް ދިނީ ކަމަށެވެ.
މިހާރު ކާޖޮލްއާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި އަޖޭގެ ވާހަކަ ހާއްސަކޮށް ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އަޖޭ އާއި ކާޖޮލްގެ ގާތް މީހަކު މީޑިއާގައި ބުނެފައިވަނީ ކަރަން އުޅެނީ އޭނާގެ ފޮތް ވިއްކަން ދައްކާނެ މޮޅު ގޮތެއް ހޯދައިގެން ކަމަށެވެ. އެގޮތުން އެ އެކުވެރި ކަމުގެ ވާހަކަ ކިޔެ، ހަޑި ހުތުރު ވާހަކަ މިހާރު ދައްކަމުން ދާ ކަމަށެވެ.
ކާޖޮލް އަދި އަޖޭ އާއި ހަވާލާދީ އޭނާ ބުނެފައިވަނީ ކަރަން ޖޯހަރު ދެކެ ބޮލީވުޑްގައި މަސައްކަތް ކުރާ ގިނަ ތަރިން ރުޅި އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޝާރުކް ހާން ވެސް ހިމެނޭ ކަމަށާއި އޭނާ އަކީ ހުރިހާ އެންމެންނާ ވާހަކަދެއްކުމަށް ފަހު އެނބުރި އެ މީހުންގެ ނެތި މޮށޭކަމަށެވެ.
އަދި ކާޖޮލް އާއި ދެމީޙުންގެ ގުޅުން ރަނގަޅު އިރު އެގޮތަށް މީހެއްގެ ކައިރީ ކާޖޮލްގެ ގޯސް ވާހަކަ ދައްކައިގެން އެވާހަކަ އެމީހާ އަޖޭ ކައިރީގައިވެސް ބުނެފައިވާ ކަމަށް އެ ދެ ތަރިންގެ ގާތް މީހާ މީޑިއާގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް