ހޯމް މިނިސްޓަރު އެމްބީއޭ ފުރިހަމަ ކުރައްވައިފި

ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު މާސްޓާސް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަ ކުރައްވައިފި އެވެ. ހޯމް މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތުގ...

23 Jan 2015 | 18:29

ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު މާސްޓާސް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަ ކުރައްވައިފި އެވެ.

ހޯމް މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ހަލް އިން އެމްބީއޭ ފުރިހަމަކޮށް އެކަމުގެ ސެޓްފިކެޓް މިރޭ ލިބިފައިވާކަމަށެވެ. އަދި އެކަން ކާމިޔާބުވުމުން މިނިސްޓަރުގެ އާއިލާ ބޭފުޅުންނަނާއި މިނިސްޓަރަށް ތާއީދު ކުރައްވާ ފަރާތްތަކަށް އުމަރުގެ ޓްވީޓްގައި ޝުކުރު ދަންނަވާފައި ވެ އެވެ.

https://twitter.com/UmarNaseerPPM/status/558680365426954240

ނުރަސްމީ ދަތުރުފުޅެއްގައި ހޯމް މިނިސްޓަރު ޔޫކޭގައި އުޅުއްވާއިރު ރައީސް ޔާމީން ވަނީ ހޯމް މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ޓުއަރިޒަމް މިނިސްޓަރު އަދީބާ ހަވާލު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް