ކޯޓަށް ދައްކަންޖެހޭ ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ފޮޓޯއާއި އެމީހާ ދައްކަންޖެހޭ އަދަދާއެކު އާންމުންނަށް ފެންނަ ބޮޑު ސްކްރީނަކަށް އަރުވަން ޗައިނާގެ ކޯޓަކުން ނިންމާ އެކަމަށް އަމަލީ ސިފަ ގެނެސްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ހުނާން ޕްރޮވިންސްގެ ކޯޓަކުން މިގޮތަށް ނިންމާ އެ ސަރަހައްދުގެ އެންމެ ގިނަ މީހުން އެއްވެ އުޅޭ ރޭލު ސްޓޭޝަނެއްގެ ބޭރުގައި ބޮޑު ސްކްރީނެއް މިހާރު ވަނީ ހަރުކޮށްފަ އެވެ. އަދި ޖޫރިމަނާ ނުދައްކާ މީހުންގެ ނަންތަކާ ދައްކަންޖެހޭ ޖޫރިމަނާގެ އަދަދުތައް މިހާރުވަނީ އެ ސްކްރީނަށް އަރުވާފަ އެވެ.
އެ ސްކްރީނުން ދައްކާގޮތުން 1600 ޑޮލަރުން ފެށިގެން 4.5 މިލިޔަން ޑޮލަރު ދައްކަން ޖެހޭ މީހުންގެ މައުލޫމާތުވެސް އެ ކޯޓުން ވަނީ އާންމު ކޮށްފަ އެވެ.
މިގޮތަށް އެކަން ކުރުމުން ބައެއް މީހުން މިހާރު ޖޫރިމަނާ ދައްކަމުން އަންނަ ކަމަށް އެ ކޯޓުން ބުނެފައިވާއިރު މިކަމާ ހިތްހަމަ ނުޖެހޭ ބައެއް ފަރާތްތަކުން ބުނެފައިވަނީ ކޯޓެއް ކަމަކު މީހުންގެ ޒާތީ މައުލޫމާތު އެހެން އާންމު ނުކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް