ޕީޕަލްސް ކަޕް: ހިތްވަރާއެކު ކުޅުނު މާޒިޔާއަށް މޮޅެއް!

ޕީޕަލްސް ކަޕްގެ ފުރަތަމަ މެޗުގައި ފަހުވަގުތާއި ޖެހެންދެންވެސް ހިއްވަރާއެކު ކުޅެ މާޒިޔާއިން މޮޅުވެއްޖެއެވެ. މާޒިޔާއިން މޮޅުވެފައިވަނީ އިއްޔެ ސިންގަޕޫރް ލަޔަންސްއާއި ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާއަކުންނެވ...

23 Jan 2015 | 14:38

ޕީޕަލްސް ކަޕްގެ ފުރަތަމަ މެޗުގައި ފަހުވަގުތާއި ޖެހެންދެންވެސް ހިއްވަރާއެކު ކުޅެ މާޒިޔާއިން މޮޅުވެއްޖެއެވެ.

މާޒިޔާއިން މޮޅުވެފައިވަނީ އިއްޔެ ސިންގަޕޫރް ލަޔަންސްއާއި ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާއަކުންނެވެ. މެލޭޝިއާ އަދި ސިންގަޕޫރްގެވެސް ފާހަގަކޮށްލެވޭ ލަޔަންސްގެ މައްޗަށް މާޒިޔާއިން ކުރިހޯދާ ޕީޕަލްސް ކަޕްގެ ފެށުން ރަނގަޅު ކުރިއިރު މެޗުގައި ދެޓީމުންވެސް ހަމަލާތަށް އުފައްދާފައިވެއެވެ.

މެޗު ފެށިގެން ދެޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ކުޅެފައިވާއިރު، ގޯލާ ދިމާއަށް އަމާޒުވެފައިވަނީ މަދު ހަމަލާއެކެވެ. ނަމަވެސް ލަޔަންސް ހިލޭޖެހުންތަކާއި ކޯނަރ ތަކުގައި މާޒިޔާގެ ގޯލަށްވަނީ ނުރައްކާ ކޮށްފައެވެ. ނަމަވެސް މާޒިޔާއަށް މި ސީޒަންގައި ބަދަލުވި ކީޕަރ ިއމްރާންވަނީ އޭނާގެ ތަޖުރިބާއާއެކު މޮޅު ސޭވްތަކެއް ކޮށްފައެވެ.

ފުރަތަމަ ހާފް 0-0 ގެ ނަތީޖާގައި ނިމުނުިއިރު ދެވަނަ ހާފް ފެށިގެން ދެޓީމުންވެސް ހަމަލާތަށް އިތުރު ކުރިއެވެ. އެގޮތުން މާޒިޔާއަށް ކުޅެމުންދާ ޕަބްލޯގެ ގޯލާއެކު 72 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. ނަމަވެސް 10 މިނެޓްފަހުން ލަޔަންސްގެ ޑިފެންޑަރ މަދޫގެ ގޯލާއެކު މާޒިޔާ މެޗުން މޮޅުވުމަށް ކުރި އުންމީދުތަށް ގެއްލުވާލި ކަހަލައެެވެ. ނަމަވެސް މާޒިޔާގެ ހިއްވަރަށް ބަދަލެއް ގެނައުމެއްނެތި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ 90 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ގައުމީޓީމް އަދި މާޒިޔާގެ ޑިފެންޑަރ އަމްދާންގެ ގޯލާއެކު މާޒިޔާ މޮޅުވުމެވެ.

މާޒިޔާއިން ޕީޕަލްސް ކަޕްގެ ފެށުން ރަނގަޅުކޮށްފައިވާއިރު މާޒިޔާ އޮތީ ގޯލް ތަފާތުން ޕީޕަލްސް ކަޕް ތާވަލުގެ އެއް ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް