ސުނާމީ ސައިޓަކުން ވައްކަންކުރި ފުލުހަކު ހައްޔަރުކޮށްފި

ގއ މާމެންދޫ "ސުނާމީ ސައިޓުން" ވައްކަންކުރި ފުލުހަކު އެރަށުން ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާމެންދޫ ސުނާމީގެތަކުން...

23 Jan 2015 | 14:28

ގއ މާމެންދޫ "ސުނާމީ ސައިޓުން" ވައްކަންކުރި ފުލުހަކު އެރަށުން ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާމެންދޫ ސުނާމީގެތަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ.

ހައްޔަރުކުރި ފުލުސް މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު "ސުނާމީ ސައިޓުން" ވަގަށް ނަގާފައިވާ އިލެކްޓޯނިކް ސާމާނުތަކާއި އެހެނިހެން ބައެއް ތަކެތި ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އިތުރަށްބުނީ ހައްޔަރުކުރި ފުލުސް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެއަތޮޅު ވިލިނގިލީ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް ޖަހައިދީފައި ވާކަމަށެވެ. އަދި އަތޮޅު ވިލިނގިލީ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް