ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

ވިލިމާލޭގައި މިއަދު މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިލިމާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނު...

23 Jan 2015 | 09:15

ވިލިމާލޭގައި މިއަދު މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިލިމާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ފެނުނީ މެންދުރެއް ހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މޫދަށް އެރި އުޅުނިކޮށް ވިލިމާލޭގައި ގެނބިގެން މީހަކު މަރުވެފައިވާއިރު ވ.ފޮއްތެޔޮއަށް ދަތުރު ގޮސް އުޅުނު މީހުންގެ ތެރެއިން މީހަކުވެސް މިއަދު ގެނބިގެން މަރުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް