އެމްޓީސީސީ މުވައްޒަފުންތަކެއް ދަތުރު ގޮސް އުޅެނިކޮށް އެކަކު ގެނބިގެން މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ މޫދުގައި މައްޗަށް އަރާފައެވެ.އޭރު އޮތީ މަރުވެފައި ކަމަށާއި އޭނާގެ ހަށިގަނޑު މިހާރު ވ. ފުލިދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވ. ފޮއްތެޔޮ އަށް ދަތުރު ދިޔަ ބައެއްގެ ތެރެއިން އެކަކު މަރުވި ކަމުގެ ރިޕޯޓް ފުލުހުންންނަށް ކޮށްފައިވާ ކަމަށެވެ. އަދި 11:20 ހާއިރު ވ.ފުލިދޫ ހޮސްޕިޓަލަށް އެމީހާ ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރާ ހަވާލާދީ ހޮސްޕިޓަލުން ބުނާ ކަމަށްވެސް އޮފިޝަލް ވިދާޅު ވި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައިމިއަދު ހެނދުނު 9:45 އެހާކަންހާއިރު ހިނގި އެހާދިސާގައި މަރުވެފައިވަނީ މއ. ވެލެންސިއާ، އަހުމަދު އާތިފް އެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ގެންދަނީ އެމްޓީސީސީގެ ލޯންޗެއްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް