ސައުދީ އަރަބިއްޔާގެ ރަސްގެފާން އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވެއްޖެ އެވެ.
އެކަން ރަސްމީކޮށް އެގައުމުން ވަނީ އިއުލާނު ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ އަބްދުﷲ ރަސްގެފާނު އަވަހާރަވުމުން އެގައުމުގެ ރަސްކަމަށް ވަލީއަހުދު ސަލްމާން ހަވާލުވެވަޑައިގެންފައިވާކަމަށެވެ.
އަވަހާރަ ވީއިރު ރަސްގެފާން އަބްދުﷲ ލަންގް އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވިތާ ވަނީ ހަފްތާތަކެއް ވެފަ އެވެ. ރަސްގެފާން އަބްދުﷲ އަވަހާރަވީއިރު އުމުރުފުޅަކީ 91 އަހަރުފުޅެވެ.
ސައުދީގެ ރަސްކަމާ އަބްދުﷲ ހަވާލުވެވަޑައިގެންނެވީ 2005 ވަނަ އަހަރު އެވެ. ރަސްގެފާނު އަބްދުﷲ އަވަހާރަވުމާއި އެކު، މިހާރު އެ ގައުމުގެ ރަސްކަން ލިބިވަޑައިގެންފައިވާ ސަލްމާންގެ އުމުރުފުޅަކީ 79 އަހަރު ފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް