ރައީސަކަށް ހުންނަވާ ބޭފުޅަކު މާ ގިނައިން ގޯސް ހައްދަވަންޏާ ދައުރުގެ މެދު ތެރެއިން ވެރިކަން ބަދަލުވާނޭ ބުނާފަދަ އިބާރާތަކުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނު މިއަދު ޓްވީޓެއް ކުރައްވައިފި އެވެ.
އެ ޓްވީޓްގައި އިމްރާނު ވިދާޅުވެފައިވަނީ "ދައުރުގެ މެދު ތެރެއިން ސަރުކާރު ބަދަލުވާނީ ރައީސަކަށް ހުންނަވާ ބޭފުޅަކު ވަރަށް ގިނައިން ގޯސްތައް ހެއްދެވީމާ" ކަމަށެވެ.
https://twitter.com/ShImranAb/status/558478867170476032
މިފަދަ މޭރުމަކުން އިމްރާނު ޓްވީޓް ކުރައްވާފައިވާއިރު މިދިޔަ އަންގާރަ ދުވަހު އިމްރާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ މިސްރާބު ހިފާފައި ހުރި ގަދަ ތޫފާނަކާ ދިމާލަށް ކަމަށާއި، މިސްރާބު ބަދަލުނުކޮށްފި ނަމަ ގައުމު ފުޑުފުޑު ވެދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް