ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނަސްރީން އައްޔަން ކޮށްފިއެވެ.
ނަސްރީން އެ މަގާމަށް އައްޔަންކުރައްވާފައި މި ވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައިު ވަނިކޮށެވެ. ސައީދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަސްރީންއަކީ އެ ކުންފުނީގެ މާކެޓިިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި ބޭފުޅެކެެވެ. ނަސްރީން ވަނީ ޕީއެސްއެމްގެ މާކެޓިން ޑިޕާޓުމަންޓުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ.
މި ސަރުކާރު އައި ފަހުން ޕީއެސްއެމްގެ އެ މަގާމުގައި ހުންނެވި ދެ ބޭފުޅަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ސައީދު އައްޔަން ކުރިއެވެ. ސައީދު މަގާމަށް އައްޔަން ކޮށްފައިވަނީ މި އަހަރުގެ އޮގަސްޓު މަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް