ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އެޑްވައިޒަރީ ލަފައެއް ހޯދުމަށް ހުށަހެޅީ ގަރާރަށް ދިވެހި ރާއްޖޭން ތާއިދުކޮށް މަރުހަބާ ކިޔައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، އދ އާއި ބައިނަލްއަގްވާމީ އެހެނިހެން ޖަމިއްޔާތަކާއި އިސްރާއީލްގެ މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން އަކަށް އެދި އާންމު މަޖިލީހުން ހުށަހަޅާފައިވާ ގަރާރު ބަލައިގަތުމުން ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.
މި ގަރާރަކީ ބައެއް ގައުމުތަކުންި ގުޅިގެން އެކުލަވާލާފައިވާ ގަރާރެކެވެ. މި ގަރާރު ހުށަހަޅާފައިވަނީ ނޯވޭއިންނެވެ.
އެގޮތުން މި ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން137 މެންބަރުންގެ އިއްތިފާގުންނެވެ.
ފޮޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނ ީ، މި ގަރާރަކީ ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުގައި ހިންގަމުންދާ އިންސާނީ ހަރަކާތްތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އދ އާއި އިންސާނީ އެހީދޭ ޖަމާއަތްތަކާއި އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މި ތާއިދަކީ1967 ވަނަ އަހަރުގެ ކުރިން އިރުމަތީ ގުދުސްއާ އެކު އޮންނަ ބޯޑަރުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް، އެ ގައުމުގެ ވެރިރަށުގެ ގޮތުގައި ގާއިމްކުރުމަށް ވެފައވާ ވައުދުގެ ހެއްކެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް