ރޭގައިވެސް މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ރޭގައިވެސް މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގ...

22 Dec 2024 | 07:01

ރޭގައިވެސް މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ މައުލޫމާތު ރޭ 01:27ގައި ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

"އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މަރުވެފައިވަނީ ގ. ބިއުޓީ ވިލާ، އުމުރުން 45 އަހަރުގެ ދާއޫދު ޖިމްރީޒް އެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައިވެސް ގަލޮޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ. އިއްޔެ މަރުވެފައި އޮއްވާ ފެނުނީ ގ. ފްރެސް ލައިޓް، އުމުރުން 35 އަހަރުގެ އަލީ ރަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް