ބްލޮކް ކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހަޅާފައި ނުވާކަމަށް ބުނެފި

ބްލޮކް ކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައި ނުވާކަމަށް އެ ކައުންސިލުން ބުނެފިއެވެ. މީޑިއާ ކައުންސިލުން ބުނީ ދެ އޮންލައިން ނޫހުގެ...

22 Dec 2023 | 13:06

ބްލޮކް ކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައި ނުވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން ބުނީ ދެ އޮންލައިން ނޫހުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަނާޅާ، އެއްވެސް އުސޫލެއްނެތި ބްލޮކް ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ ރަޖިސްޓަރ ނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކަކީވެސް "މީޑިއާ" ކަމަށް މީޑިއާ ކައުންސިލްގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށެވެ.

ސަރުކާރާ ދެކޮޅު ކޮންޓެންޓް ޝާއިއުކުރާ ވެބްސައިޓްތަކެއް ބްލޮކްކުރުން ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖީއޭ) އިން ވެސް ވަނީ ގޮވާލާފައެވެ.

އެމްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރަށް ފާޑުކިޔާ ލިޔުންޔައް ޝާއިއުކުރަމުން ދިޔަ ދެ ވެބްސައިޓަކާއި، ރަޖިސްޓަރ ކޮށްގެން ހިންގާ furathama.com ނޫހުގެ ވެބްސައިޓް ސަރުކާރުން ބްލޮކްކުރި ކުރުން އެ ޖަމިއްޔާއިން ކުށްވެރިކުރާކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ސަރުކާރުން އެޅި މި ފިޔަވަޅަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް