ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް، މަހުގެ އުފެއްދުންތައް މާކެޓުކުރުމަށް ކުންފުންޏެއް އުފައްދަނީ

ކަނޑުމަހުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް، މަހުގެ އުފެއްދުންތައް މާކެޓުކުރުމަށް ހާއްސަ ކުންފުންޏެއް އުފެއް...

22 Dec 2023 | 10:59

ކަނޑުމަހުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް، މަހުގެ އުފެއްދުންތައް މާކެޓުކުރުމަށް ހާއްސަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދަވާކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ގއ.ދެއްވަދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ މަސްވެރިންނާއި ކައުންސިލް މެމްބަރުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި މަސްވެރިންގެ ކަންބޮޑުވުންތައް މިނިސްޓަރާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް މެދުކެނޑިފައިވާ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މުހިންމުކަން މަސްވެރިންނާއި ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ. ކައިރި ރިސޯޓުތަކަށް ފަރުމަސް ވިއްކޭނެ ގޮތްތައް މަގުފަހިކޮށްދެއްވުމަށްވެސް މިނިސްޓަރަށް ވަނީ ދަންނަވާފައެވެ.

ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިނިސްޓަރ ޝިޔާމް ވަނީ ދެއްވަދޫގެ ކައުންސިލް މެމްބަރުންނާއި މަސްވެރިންނަށް ހިއްސާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް