އޮންލައިން ދެ ނޫހެއް ސަރުކާރުން ބްލޮކްކުރުމުން، ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި

ހަބަރު ގެނެސްދޭ އޮންލައިން ދެ ނޫހެއް ސަރުކާރުން ބްލޮކްކޮށް، އެ ނޫސްތަކަށް ނުވަދެވޭ ގޮތަށް ހެދުމުން ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިގޮތުން، ސަރުކާރުން ބްލޮކްކޮށް ނުވަދެވޭގޮތް ހަދާފަ...

22 Dec 2023 | 10:22

ހަބަރު ގެނެސްދޭ އޮންލައިން ދެ ނޫހެއް ސަރުކާރުން ބްލޮކްކޮށް، އެ ނޫސްތަކަށް ނުވަދެވޭ ގޮތަށް ހެދުމުން ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިގޮތުން، ސަރުކާރުން ބްލޮކްކޮށް ނުވަދެވޭގޮތް ހަދާފައިވާ އޮންލައިން ދެ ނޫހަކީ dhiyavaru.com އާއި kurushee.com އެވެ. މި ދެ އޮންލައިން ނޫސްތައް ބްލޮކް ކުރި ސަބަބެއް ސަރުކާރުން ސާފުކޮށްދީފައެއް ނުވެއެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަރނެޓް ސެންސަރޝިޕް އަމަލެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އަދި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރުކަން ފާހަގަކޮށް އެ ޕާޓީން ބުނީ މި ބާރު ނުވަތަ ހައްގު އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކުރާކަމަށެވެ.

ސަރުކާރުން މިފަދައިން އޮންލައިން ދެ ނޫސް ބްލޮކްކުރުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް