ބޮލީވުޑްގެ ސުޕަ ސްޓާރް ސަލްމާން ޚާން ޕަރާޒީންދެކެ ހިތްހަމަނުޖެހިފައި ހުރި ވީޑިއޯއެއް ދާދިފަހުން އިންޓަނެޓުގައި ވައިރަލްވެއްޖެއެވެ.
މަޝްހޫރު ޕަޕަރާޒީ ވައިރަލް ބަޔާނީ ހިއްސާކުރި ވީޑިއޯގައި ސަލްމާން އޭނާގެ މަންމަ ސަލްމާ ޚާން ސިޑިން ފޭބުމަށް އެހީތެރިވަމުން ދިޔަތަން ފެނިފައި ވަނީ ކޮއްކޮ ސުހައިލް ޚާންގެ 53 ވަނަ އުފަންދުވަހުގެ ޕާޓީގައި ބައިވެރިވުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ.
އެ ވީޑިއޯގައި ސަލްމާން ފެނިފައި ވަނީ ދެމީހުން ސިޑިން ފައިބައިގެން ދިޔައިރު އޭނާގެ މަންމަގެ އަތުގައި ހިފަހައްޓައިގެން ހުރިތަނެވެ.
އާދައިގެ ކަޅު ޓީޝާޓަކާއި ފަޓުލޫނެއް ލައިގެން ހުރި ސަލްމާން ވަނީ ކާރުގެ ވަށައިގެންނާއި ކުރިމަތީގައި ފޮޓޯ ނަގަންތިބި ޕަޕަރާޒީންގެ ކިބައިން އެތަނުން ދުރަށް ދިއުމަށް އެދިފައެވެ. އަދި ކާރު ކުރިމަތީގައި ޕަޕަރާޒީން ތިބުމުން ސަލްމާން ފެންނަނީ ހިތްހަމަނުޖެހިފައި ހުންނަ މަންޒަރެވެ.
ސަލްމާން އާއި ސަލްމާގެ އިތުރުން ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން އާއި ސަލްމާން ޚާންގެ ދޮންމަންމަ ހެލެން އާއި ބޭބެ އަރްބާޒް ޚާން އާއި ކޮއްކޮ އަރްޕީތާ ޚާންއާއި ފިރިމީހާ އަޔޫޝް ޝަރްމާވެސް އާންމުވި ވީޑިއޯ ކްލިޕްގައި ފެނިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް