މަސް ހިފަން މޫދަށް އެރުނު ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.
އެގޮތުން އެމްއެންޑީއެފްއިން ދެންމެ ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 18 އަހަރުގެ މުހައްމަދު ނާއިޝް ނަމަކަށްކިޔާ ޒުވާނެކެވެ.
"އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް މަސް ހިފަން މޫދަށް އެރި އުޅުނު 18 އަހަރުގެ މުހައްމަދު ނާއިޝް، ކުރެދުމާގެ، ސ. މަރަދޫ، ގެއްލިގެން ހޯދަން ފަށައިފި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެ ޒުވާނާ ގެއްލުނުކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:10 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް