އަންނަ އާދީއްތަ ދުވަހު ރައީސް ޔާމީން ހުރަގެއަށް ވެއްދޭނެކަމުގައި ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރިން ކުރެއްވި ހަލީމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ހަލީމް ސިފަ ކުރައްވާފައިވަނީ ރައީސް ޔާމީނަކީ ރާއްޖެ ދުށް އެންމެ ބޮޑު ވަގުގެ ގޮތުގައެވެ.
"ﷲގެ ހެޔޮ ރަހުމަތުން ރާއްޖެ ދުށް އެންމެ ބޮޑު ހަރުބީ ވަގުގެ މައްޗަށް ކުށް ސާބިތުވާނެ" ހަލީމް ވިދާޅުވިއެވެ.
ހަލީމްގެ އެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އޭނާގެ ކާފަބަލާ ބޮޑުކުރި ފާތިމާމަނިކެގެދަރި ޔާމީނު އެ ދުވަހު ހުރަގެއަށް ވެއްދޭނޭ ކަމަށެވެ.
ހަލީމް މިހެން ވިދާޅުވެފައިވާއިރު އާރަށުގެ މައްސަލައިގާ ރައީސް ޔާމީނަށް ހުކުމް އިއްވުން މިހާރު ވަނީ އަންނަ އާދީއްތައަށް އަވަސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް