ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްގެންދާނެ ޕްރައިމަރީއަށް ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފިއެވެ.
މިކަން ހާމަކުރެއްވީ ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ރައީސް ނަޝީދު ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވާފައިވާއިރު ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވާދަކުރައްވާނެކަން ހާމަކުރައްވައި ކެމްޕޭނު މިހާރު ވަނީ ފައްޓަވާފައެވެ.
ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން އެކުލަވާލާފައިވާ ޓައިމްލައިންގައިވާގޮތުގައި ކުރިމަތިލުމުގެ މުއްދަތު އަންނަ ހޮނިހިރުދުވަހުގެ ހަވީރު 4:00 އަށް ހަމަވާނެއެވެ.
ވޯޓުލާނެކަމަށް ބުނެފައިވަނީ އަންނަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް