ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށް ވާން މަސައްކަތް ކުރަން ޖެހޭ: ނައިބު ރައީސް

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭ ބަޔަކަށްވުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ. އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރެއްވީ މިރޭ ކިންގް ސަލް...

22 Dec 2022 | 17:56

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭ ބަޔަކަށްވުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރެއްވީ މިރޭ ކިންގް ސަލްމާން މިސްކިތުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ އަޅުގަނޑުމެންނަކީ އަބަދުވެސް ޤުރުއާނަށް ލޯބިކުރާ،  ޤުރުއާން ގިނަގިނައިން ކިޔަވާ އަދި ޤުރުއާނުގެ މާނަ އޮޅުންފިލުވާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ޤުރުއާނުގެ ޢިލްމާއި އިސްލާމީ ތަޢުލީމް ފެތުރުއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވަރަށް ޅައުމުރުގައި ކުޑަކުދިން ކީރިތި ޤުރުއާން ހިތުދަސްކުރަމުންދާކަމާއި، ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުންވެސް ފަޚުރުވެރި ކާމިޔާބީތައް ހޯދަމުންދާ ކަމަށެވެ. އެ ކުރިއެރުންތައް ހޯދައިދެއްވުމަށް މަސައްކަތް ކުރާތީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށާއި، ކިޔަވައިދެއްވާ އެދުރުންނަށާއި، ބެލެނިވެރިންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "މަޚުރަޖާނުލް ޤުރުއާން" އިފްތިތާޙްކޮށްދެއްވާފައެވެ. މިހަރަކާތް ކުރިޔަށްދަނީ، ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގައެވެ.

ތިން ބަޔަކަށް ކުރިޔަށްގެންދާ، މިއަހަރުގެ މުބާރާތުގައި މިއަހަރު 1،023 ބައިވެރިން ކިޔަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް