އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން އާ އުސްމިންތަކަކަށް

އިންޑިއާގެ ހާރިޖީ ސިޔާސަތުގެ މެޓްރިކްސްގައި ބަންގްލަދޭޝްއަކީ ހާއްސަ ޖާގައެއް އޮންނަ ގައުމަކަށް ވާއިރު، އިންޑިއާ-ބަންގްލަދޭޝްގެ ގުޅުމުގެ އަސްލަކީ އާދަކާދައާއި ސަގާފަތާއި ބަހާއި ސެކިއުލަރިޒަމް، ޑިމޮކްރަ...

22 Dec 2022 | 17:54

އިންޑިއާގެ ހާރިޖީ ސިޔާސަތުގެ މެޓްރިކްސްގައި ބަންގްލަދޭޝްއަކީ ހާއްސަ ޖާގައެއް އޮންނަ ގައުމަކަށް ވާއިރު، އިންޑިއާ-ބަންގްލަދޭޝްގެ ގުޅުމުގެ އަސްލަކީ އާދަކާދައާއި ސަގާފަތާއި ބަހާއި ސެކިއުލަރިޒަމް، ޑިމޮކްރަސީ އަދި އެހެނިހެން ގިނަ އެއްގޮތް ކަންކަމެވެ.

ބަންގްލަދޭޝް އަކީ މި ސަރަހައްދުގައި އިންޑިއާގެ އެންމެ ބޮޑު ތަރައްގީ އާއި ވިޔަފާރީގެ ބައިވެރިއަކަށް ވުމުން އެ ގުޅުން މިހާރު ދަނީ އާ އުސްމިންތަކަކަށް ދަތުރުކުރަމުންނެވެ.

ތާރީޚީ، އިޖްތިމާޢީ އަދި ޘަޤާފީ ގުޅުންތައް ޙިއްޞާކުރުމާއި، އެއްމަސްލަޙަތުތައް ޙާޞިލުކުރުމަށް މަސައްކަތްކުރުމާ ހަމައަށް، އިންޑިޔާ-ބަންގްލަދޭޝްގެ ގުޅުމަކީ އަބަދުވެސް ހުޅުވާލެވިފައިވާ، ދެޤައުމުގެ މެދުގައި އޮންނަ އިތުބާރާއި، އެއްބާރުލުމާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ މައިގަނޑު އަސާސްތަކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 5-8 ވަނަ ދުވަހު ޝެއިޚް ހަސީނާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ މުނާސަބަތުގައި ޖޮއިންޓް ރިވާސް ކޮމިޝަން (ޖޭއާރުސީ)ގެ 38 ވަނަ ބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހު ނިއުދިއްލީގައި ބޭއްވީ އަވަށްޓެރި ގައުމުތަކުގެ އެކި ހިސާބުތަކުގައި ހިނގަމުންދާ މުހުރީ، ގުމްތީ، ޚުވައި، ދުދުކުމާރު، މޮނޫ، ދަރްލާ އަދި ފެނީ ކޯރުތަކުގެ ފެން ބެހުމުގެ އިންތިޒާމްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ. މި ބައްދަލުކުރެއްވުމުގައި، ފެންބޮޑުވުމުގެ މަޢުލޫމާތު ޙިއްޞާކުރުމާއި، ކޯރުތައް ތަޣައްޔަރުވުމުގެ ނުރައްކާ ޙައްލުކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ބަންގްލަދޭޝްގެ ޗަޓޯގްރާމް އަދި މޮންގްލާ ބަނދަރުތައް ބޭނުންކޮށްގެން އިންޑިއާއަށް މުދާ އުފުލުމާއި، ހާއްސަކޮށް އިރުއުތުރު އިންޑިޔާއިން މުދާ އުފުލުމާއި، ޓްރިޕޫރާގައި ބޯފެން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ފެނީ ކޯރު ބޭނުންކުރުމަކީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ވަރަށް މުހިންމު ކުރިއެރުމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ނުނިމި އޮތް ޓިސްތާގެ ފެންހިއްކުމުގެ އެއްބަސްވުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ނިންމުމަށް އިންޑިއާއިން ކުރަމުން ގެންދާ އިޚްލާޞްތެރި އަދި ދެމެހެއްޓެނިވި މަސައްކަތްތައް މޯދީ ތަކުރާރުކުރައްވައިފިއެވެ.

ބަންގްލަދޭޝް-ބޫޓާން-އިންޑިއާ-ނޭޕާލް (ބީބީއައިއެން) އިނީޝިއޭޓިވް އަވަހަށް ހިންގުމަށް ދެ ގައުމުން ވެސް އެއްބަސްވެފައި ވަނީ، ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލަށް މުދަލާއި ފަސިންޖަރުން ގެނައުމުގެ މަސައްކަތް ފެށުމަށް ޓަކައި އެ އެއްބަސްވުމުގައި ސޮއިކުރުމަށެވެ.

ބަންގްލަދޭޝްއަކީ ދެކުނު އޭޝިއާގައި އިންޑިއާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިއެވެ. 2018-19 ވަނަ އަހަރު (އޭޕްރީލް-މާޗް) އިންޑިއާއިން ބަންގްލަދޭޝްއަށް އެކްސްޕޯޓްކުރި މިންވަރު 9.21 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އެ މުއްދަތުގައި ބަންގްލަދޭޝްއިން އިމްޕޯޓްކޮށްފައިވަނީ 1.22 ބިލިއަން އެމެރިކާ ޑޮލަރެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން ބޮޑުވަޒީރު މޯދީ ބޭރު ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި 2021 ވަނަ އަހަރުގެ މާޗް މަހު ބަންގްލަދޭޝްއަށް ވަޑައިގެން، ޕާކިސްތާނުގެ ކިބައިން ބަންގްލަދޭޝް މިނިވަންވި ރަން ޔޫބީލް އާއި ބަންގަބަންދުގެ އުފަން ސަތޭކަ އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅުގައި ޑިސެމްބަރު މަހުގެ ހަވަނަ ދުވަހަކީ "މައިތުރީދިވާސް" (ފްރެންޑްޝިޕް ޑޭ) ގެ ގޮތުގައި ފާހަގަ ކުރުމަށް ވަނީ ނިންމައިފަ އެވެ. އިންޑިއާ އާއި ބަންގްލަދޭޝްގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމާއި، ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަން ޔޫބީލް އާއި އެގައުމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަހްމާންގެ އުފަން ދުވަސް ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް