ކްރޮއޭޝިޔާ ޓީމަށް ސަޕޯޓްކުރަން އިވާނާ ގަތަރަށް ދިޔައީ ރާއްޖޭގައި ހުރުމަށްފަހު !

ވޯލްޑްކަޕް ނިމިއްޖެއެވެ. ކިތަންމެހާވެސް ފޫއްސެވެ. ނަމަވެސް ވޯލްޑްކަޕް އެ ނިމުނީ ހަނދާންތަކެއް ދޫކޮށްފައެވެ. އެއް ހަނދާނަކަށް ވާނީ ކްރޮއޭޝިޔާގެ ކުރީގެ މިސް ކްރޮއޭޝިޔާ އިވާނާ ނޮލް އެވެ. ދިވެހި ޒުވާނުންގ...

22 Dec 2022 | 16:54

ވޯލްޑްކަޕް ނިމިއްޖެއެވެ. ކިތަންމެހާވެސް ފޫއްސެވެ. ނަމަވެސް ވޯލްޑްކަޕް އެ ނިމުނީ ހަނދާންތަކެއް ދޫކޮށްފައެވެ. އެއް ހަނދާނަކަށް ވާނީ ކްރޮއޭޝިޔާގެ ކުރީގެ މިސް ކްރޮއޭޝިޔާ އިވާނާ ނޮލް އެވެ.

ދިވެހި ޒުވާނުންގެ މެދުގައިވެސް އިވާނާ ވެގެންދިޔައީ ނިމިދިޔަ ވޯލްޑްކަޕްގައި މަގްބޫލު ސަޕޯޓަރަކަށެވެ. ހަމަ އެކަނި ދިވެހި ޒުވާނުންގެ މެދަކު ނޫނެވެ. ބައިނަލްއަގްވާމީ މީޑިއާތަކުގައިވެސް އިވާނާގެ ވާހަކަ ލައްކަގިނައިން ދައްކާފައި އެބަހުއްޓެވެ.

މި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ވޯލްޑްކަޕުގައި ކްރޮއޭޝިޔާގެ ޓީމަށް ތާއީދުކުރަން ގަތަރަށް ދިއުމުގެ ކުރިއަށް އިވާނާ ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރިއެވެ. އަދި އެއީ އިވާނާ ރާއްޖެ އައި ފުރަތަމަ ފަހަރު ނޫންކަމަށާއި 2016 ހިސާބުން ފެށިގެން ކޮވިޑުގެ ތެރޭގައި ނޫނިއްޔާ އަހަރަކު އެއްފަހަރު އިވާނާ ރާއްޖެ ޒިޔާރާތްކުރާކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އިވާނާ އަކީ 2016 ވަނަ އަހަރުގެ މިސް ކްރޮއޭޝިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް