އަނބިކަނބަލުން ފާތިމަތު ޔުމްނާއަށް ސަރުކާރުން މުސާރައެއް އަދި އެލޮވެންސެއްވެސް ނުލިބޭކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިމިވަނީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ޔުމްނާ ހުންނެވުމަށްފަހު މަގާމުން އިސްތިއުފާދެއްވައި ތައިލެންޑަށް ވަޑައިގަތްފަހުން ޑެޕިއުޓީ މިނިސްޓަރުންނާ އެއްވަރުގެ މުސާރައެއް ލިބޭ ކޮންސަލްޓެންސީ މަގާމެއް ޔުމްނާއަށް ދީފައިވާކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
"އަޅުގަނޑުގެ އަންހެނުން ފާތިމަތު ޔުމްނާ ނޮވެމްބަރު 30، 20211 ގައި ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށްފަހު ސަރުކާރުން މުސާރައެއް އަދި އެލޮވަންސެއްވެސް ނުދޭ" އިމްރާން ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޔުމްނާ ތައިލެންޑަށް ދިރިއުޅުން ބަދަލުކުރެއްވީ ޕީއެޗްޑީ ހާސިލުކުރެއްވުމަށް ކިޔެވުމަށެވެ.
މި މައުލޫގައި ސަރުކާރުންވެސް ވަނީ ބައެއް މައުލޫމާތު ހާމަކޮށްފައެވެ. އެގޮތުން ސަރުކާރުން ބުނެފައިވަނީ ކޮންސަލްޓެންޓުންނަށް ދޭ އިނާޔަތަކީ ދައުލަތުން ދޭ އިނާޔަތެއް ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް