"މައި ހުޅުމާލެ ޕޯޓަލް" ގެނަމުގައި އެޗްޑީސީގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ޕޯޓަލެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ޕޯޓަލެއް ތައާރަފުކޮށްފިއެވެ. އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަނުން ދެމުންއައި ގިނަ ހިދުމަތްތަކަށް ބޮޑެތި ބަދަލުގެނެ...

22 Dec 2022 | 16:17

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ޕޯޓަލެއް ތައާރަފުކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަނުން ދެމުންއައި ގިނަ ހިދުމަތްތަކަށް ބޮޑެތި ބަދަލުގެނެސް، ހުރިހާ ހިދުމަތެއް އެއް ތަނަކުން ހޯދޭނެހެން "މައިހުޅުމާލެ ޕޯޓަލް" ގެ ނަމުގައި ވަނީ ޕޯޓަލެއް ތައްޔާރުކުރެވިފައި ކަމަށެވެ.

އެގޮތުން އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތުވެސް މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.

އަދި މި ޕޯޓަލް މެދުވެރިކޮށް މުނިސިޕަލްގެ ހިދުމަތްތަކާއި ހަފުލާތައް ބާއްވަން ތަންތަން ބުކް ކުރުމާއި މަސައްކަތް ކުރުމަށްޓަކައި މަގު ބަންދު ކުރުމުގެ ހުއްދަ ވެސް ހޯދޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މިގޮތުން އެންމެ ގިނަ ހަފުލާތައް ބާއްވާ ފަރުކޮޅުފުށި ވެސް އެ ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.އެޗްޑީސީން ބުނީ މީގެ ކުރިން އެ ކޯޕަރޭޝަނުން ގިނަ ހިދުމަތްތައް ދެމުން އައީ ކަރުދާހުގައި ގިނަ ފޯމްތަކެއް ހުށަހަޅާ ކިޔޫގައި ގިނަ ވަގުތުތަކެއް  ހޭދަކޮށްގެން ކަމަށެވެ.

މީގެ އިތުރުން މިކަމަކީ އެހާމެ ހަރަދު ބޮޑު، އެތަކެއް ތަކުލީފަކާއި ކުރިމަތިލާންޖެހޭ ކަމެއް ކަމަށާއި އެ ކޯޕަރޭޝަނުން އުންމީދު ކުރަނީ މި ޕޯޓަލް ތައާރަފްކުރެވުމުގެ ސަބަބުން ހިދުމަތްހޯދާ ގިނަބައެއްގެ ވަގުތު ސަލާމަތްވެ، ދެވޭހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާއި ހިދުމަތްތައް އަވަސްވެ އަދި ކުންފުނީގެ ހަރަދުވެސް ކުޑަވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް