ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ކެންޑިޑޭޓުންގެ ޕޯސްޓަރާއި ބެނާ ހަރު ކުރުމަށް ހުއްދަ ނަގަންޖެހޭ ގޮތަށް ނިންމާފައި ވާކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުއްދަނެތި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެނާ ދެމުމާއި އިސްތިހާރު ހިއްޕާ ހެދުމަކީ މަނާކަމެއް ކަމަށާއި، ކެމްޕޭނު ޕޯސްޓަރާއި ބެނާ ހިއްޕުމަށް ބޭނުންވާ ފަރާތްތަކުން މިހާރު އެ އިދާރާގައި ހުއްދައަށް އެދެވޭނެ ކަމަށެވެ.
އަދި އެ އުސޫލާ ހިލާފުވާ ފަރާތްތައް ދުވާލަކު 1000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ ހުއްދަ ނެތި ބެނާއެއް ހަރުކޮށްފި ނަމަ އެތަކެތި ނަގައި ވަގުތުން ނައްތާލާނެ ކަމަށާއި ގެއްލުންވާ އެއްވެސް މުދަލަކަށް އެ އިދާރާއިން ޒިންމާނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް