ބޭބެއަށް ތޫނު އެއްޗަކުން ހަމަލާދިން ކޮއްކޮގެ ބަންދަށް 15 ދުވަސް

ހެންވޭރު ގެއެއްގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި އަންހެން މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު...

22 Dec 2022 | 14:10

ހެންވޭރު ގެއެއްގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި އަންހެން މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު 12:21 ހާއިރު އެވެ. ފުލުހުން ބުނީ މި ހާދިސާގައި ޒަހަމްވީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ 25 އަހަރުގެ އަންހެނެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ މި މާރާމާރީއަކީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

މި ހާދިސާގައި ޒަހަމްވި ފިރިހެން މީހާއަށް ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްވި ފިރިހެން މީހާ އަކީ ހަމަލާދިން އަންހެން މީހާގެ ބޭބެ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް