ރައީސް، މާދަމާ ގއ އަތޮޅަށް ވަޑައިގެންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ގއ. އަތޮޅަށް ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނަވާނީ...

22 Dec 2022 | 12:28

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ގއ. އަތޮޅަށް ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނަވާނީ ދާންދޫ، ނިލަންދީ އަދި މާމެންދޫއަށް ކަމަށެވެ.

މިދަތުރުފުޅުގައި މި ރަށްތަކުގެ ނިމިފައި ހުރި ތަރައްގީގެ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ. އަދި ރަށު ކައުންސިލްތަކާއި ޑަބްލިއުޑިސީގެ އިތުރުން މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަ ކުރައްވާނެ އެވެ.

މީގެ އިތުރުން މިމަހުގެ 26 ވަނަ ދުވަހު ފާހަގަ ކުރާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަން މ. ކޮޅުފުއްޓަށްވެސް ކުރިޔަށް އޮތް ހަފްތާ ތެރޭގައި ރައީސް ވަޑައިގެންނަވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ރައީސް ސޯލިހު އެންމެ ފަހުން އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި ވަޑައިގެންނެވީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ދަތުރުފުޅަކީ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރެކެވެ.

އެ ދަތުރަށް ފަހު އެ މަނިކުފާނު ވަނީ ވޯލްޑްކަޕް މެޗުތަކެއް ބައްލަވާލެއްވުމަށް ގަތަރަށް ވަޑައިގެންފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް