ވ. އާރަށް ކުއްޔަސް ދުކުރުމުގެ މައްސަލައިގަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ހުކުމް އިއްވުން އަވަސް ކޮށްފި އެވެ.
މި މައްސަލައިގަ ޔާމީންގެ އިތުރުން ދައުލަތުން ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މައުލޫމާތު ދޭގޮތުގައި މިހާރު އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލު ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހަށް ކަމަށެވެ. މި ދައުވާގެ ހުލާސާ ބަޔާން ނެގީ މިދިޔަ މަހުގެ30 ވަނަ ދުވަހު އެވެ.
މީގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް