ޝަހީދު ހުސައިން އާދަމްގެ ހަނދާނީ މައިޒާން މަރާތުކުރަން ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ޝަހީދު ޙުސައިން އާދަމް ހަނދާނީ މައިޒާން މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ޝަހީދު ހުސައިން އާދަމް ހަނދާނީ މައިޒާނަކީ ކުރީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް...

22 Dec 2022 | 10:25

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ޝަހީދު ޙުސައިން އާދަމް ހަނދާނީ މައިޒާން މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ.

ޝަހީދު ހުސައިން އާދަމް ހަނދާނީ މައިޒާނަކީ ކުރީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދުގެ ޚަރަދުގައި ތަރައްޤީކޮށް 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު ހުޅުވާފައިވާ މައިޒާނެކެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި މި އެއްބަސްވުމުގެ ފޮޓޯ ހިއްސާކޮށް އެ ކައުންސިލުން ބުނީ އެ މައިޒާން މަރާތުކުރަން އެމް އެންޑް އެމް އިންވެސްޓްމަންޓާއި އެކައުންސިލާ ދެމެދު ސޮއި ކޮށްފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ މި މަސައްކަތް ހަވާލުކުރެވިފައި ވަނީ 444.6 ރުފިޔާ ޚަރަދުކޮށްގެން 40 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ.

ހދ. ކުޅުދުއްފުށްޓަށް އުފަން ޒުވާން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ނަސްރުގެ ދުވަހުގެ ހީރޯ، ޝަހީދުވެފައިވަނީ 1988 ވަނަ އަހަރު ދިވެހިންގެ ބަޔަކު ސުރީލަންކާގެ ތަމަޅަ ޓެރަރިސްޓުންނާއި ގުޅިގެން ދީފައިވާ އުދުވާނީ ހަމަލާގައި ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމަށްޓަކައި ލިބިފައިވާ ހުނަރުގެ ބޭނުންކޮށް ހިތްވަރުކުރުންމަތީ ދެމިހުންނަވާ އަތުގައި އެވަގުތު ހުރިހުރިހާ ވަޒަނެއް ހުސްވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް