އުރީދޫ ފަން ރަން ކިޓުގެ ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން ގެސްޓް ހައުސްއެއްގައި ރެއެއް ހޭދަ ކޮށްލުމުގެ ފުރުސަތު ލިބޭ ފުރުސަތެއް ހުޅުވާލާއިފި އެވެ.
އުރީދޫ ފަން ރަން އޮންނާނީ މާދަމާ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ.
އުރީދޫއިން ބުނީ ސޯޝަލް މީޑިއާގައި ކުރިޔަށްދާ މި ހަރަކާތުގައި ކިޓު އޮތް ބައިވެރިން ޖެހޭނީ އެމީހެއްގެ ފަން ރަން ކިޓުގެ ފޮޓޯއެއް ނެގުމަށް ފަހު ޕޯސްޓުކޮށްލަން ކަމަށެވެ. އަދި ޕޯސްޓުގައި އުރީދޫ މޯލްޑިވްސް ޓެގުކޮށް، "އުރީދޫފަންރަން" ހޭޝްޓެގު ޖަހަން ވާނެ އެވެ.
މި ހަރަކާތުގައި ބައިވެރިވެގެން ގުރު އަތުން ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ގްރޭންޑް ބީޗް އެންޑް ސްޕާ ގެސްޓު ހައުސްއިން އެއް ރޭގެ ހުރުމެވެ. އަދި އެއް ގަޑިއިރު ކަރޯކޭ ހިލޭ ލިބޭއިރު ކަޕްލް އަކަށް އެއް ގަޑިއިރު ހިލޭ މަސާޖު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.
މި ހަރަކާތުގައި ފޭސްބުކް އަދި ޓުވިޓާ ބޭނުން ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވެ އެވެ.
https://twitter.com/OoredooMaldives/status/1605803160655646720
އުރީދޫ ފަން ރަން އަކީ ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
“ފަން ރަން” ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެ އެވެ. އަދި އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް