ގުރައެއް ވަގަށް ނެގި މީހަކު ހޯދަނީ

ގުރައެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު ޢިއުލާނުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ވެބްސައިޓުގައި އޭނާގެ ފޮޓޯ އާއްމުކޮށް ބުނެފައިވަނީ އެ މީހާ ގުރާ ވަރަށް ނެގީ މިދިޔަ ...

22 Dec 2022 | 08:54

ގުރައެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު ޢިއުލާނުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ވެބްސައިޓުގައި އޭނާގެ ފޮޓޯ އާއްމުކޮށް ބުނެފައިވަނީ އެ މީހާ ގުރާ ވަރަށް ނެގީ މިދިޔަ އޮގަސްޓްމަހުގެ އަށް ވަނަ ދުވަހު ކަމަށެވެ. އޭނާ ވަގަށް ނެގީ 3،500 ރުފިޔާގެ އަގު ހުރި ގުރައެކެވެ.

ފުލުހުން ބުނީ އެމީހާ ގުރާ ވަގަށް ނެތީ މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުން ހިމެނޭ ސަރަހައްދުން ކަމަށެވެ.

ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ އޭނާ ހޯދިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންކަމުން ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް