ފުރަތަމަ ޓާމު ނިންމައި ދަރިވަރުން ޗުއްޓީއަށް

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައިފި ދަރިވަރުންނަށް ޗުއްޓީ ވެއްޖެ އެވެ. މިއީ ސްކޫލްތަކުގެ ދިރާސީ އަހަރު ފެށޭ ދުވަސް ވަރަށް ގެނައި ބަދަލާއި އެކު އޮގަސްޓު މަހު ސްކޫލްތައް ހުޅުވޭ ގޮތަށް ހެ...

22 Dec 2022 | 08:35

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައިފި ދަރިވަރުންނަށް ޗުއްޓީ ވެއްޖެ އެވެ.

މިއީ ސްކޫލްތަކުގެ ދިރާސީ އަހަރު ފެށޭ ދުވަސް ވަރަށް ގެނައި ބަދަލާއި އެކު އޮގަސްޓު މަހު ސްކޫލްތައް ހުޅުވޭ ގޮތަށް ހެދިފަހުން ދެ ވަނަ އަހަރެވެ. މިއަހަރުގެ ފުރަތަމަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދީފައިވަނީ 90 ދުވަހު އެވެ.

ދެވަނަ ޓާމަށް ސްކޫލުތަކުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ އަށެއްގައި އެވެ. ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ފެށީ 217 ސްކޫލެއްގައި 92،300 ދަރިވަރުންނާއި އެކު އެވެ. މިއަހަރު އަލަށް ހުޅުވި ސްކޫލަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭޕީއެސް) އެވެ.

ސްކޫލްތަކުގެ ޗުއްޓީ މިއަދު ފެށުނު އިރު ގިނަ ބަޔަކު ދަނީ ޗުއްޓީއަށް ތަންތަނަށް ދިއުމަށް ދަތުރު ހަދަމުންނެވެ. ފުލުހުން ވަނީ ޗުއްޓީއަށް ދިއުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައި އެވެ.

ޗުއްޓީ އާއި ކުރިމަތިލިއިރު މޫސުންވެސް މި ހަފްތާގައި ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެ އެވެ. އެހެންވެ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް