ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް މިރޭ ފަށަނީ

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް މިރޭ ފަށާނެއެވެ. މުބާރަތުގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހެމަޖެހިފައިވަނީ މިރޭ ކިންގ ...

22 Dec 2022 | 08:04

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް މިރޭ ފަށާނެއެވެ.

މުބާރަތުގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހެމަޖެހިފައިވަނީ މިރޭ ކިންގ ސަލްމާން މިސްކިތުގައެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން މައުލޫމާތުދޭ ގޮތުގައި ޤައުމީ ފެންވަރެއްގައި ކީރިތި ޤުރުއާން މުބާރާތް ބޭއްވުމުގެ މަޤުސަދަކީ ދިވެހިންގެ ހިތްތަކުގައި ޤުރުއާން ކިޔެވުމަށް ލޯބިޖައްސާ ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ، ދިރުވަން މަސައްކަތް ކުރުމެވެ. އަދި ކީރިތި ޤުރުއާން ހިތުދަސް ކުރުމާއި، ތަޖުވީދު މަގުން ކިޔެވުމަށާއި ޤުރުއާނުގެ އިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮގުން ދިވެހި ރައްޔިތުންނަށް ހިތަވަރު ދިނުމާއި ޤާރީން އަދި ހާފިޒުން އުފެއްދުމަށް މަގުފަހި ކޮށްދީ ކީރިތި ޤުރުއާން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމެވެ.

މީގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ކީރިތި ޤުރުއާން ކިޔެވުމުގެ މައިދާނުގައި ދިވެހީންގެ މެދުގައި ވާދަވެރިކަން އުފެއްދައި ބައިނަލް އަޤްވާމީ މުބާރަތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް އުފެއްދުން ކަމަށް ބުނެ އެވެ.

މި މުބާރާތުގައި ދިވެހި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ސުކޫލްތަކާއި ޤުރުއާން ކުލާސް ކުލަބް ޖަމިއްޔާތަކާއި ކުންފުނިތަކުގެ ބައިވެރިން ވާދަކުރާނެއެވެ.

މުބާރާތް ކުރިޔަށްދިޔުމަށް ހަމަޖެހިފައި އޮތީ ތިން ބަޔަކަށެވެ. އެއީ ސުކޫލް ކުދިންގެ ބަޔާއި މުއައްސަސާތަކުގެ ބައިގެ އިތުރުން ހާފޮޡުންނަށް ހާއްސަ ކުރެވިފައިވާ ބައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެހާ ބައިވެރިންނަށް ފުރިހަމަ ކާމިޔާބަކަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް