ޗުއްޓީއަށް މަރުހަބާއާއެކު ދިވެހި ފުލުހުން ދިނީ ހެޔޮ ނަސޭހަތްތަކެއް!

ޗުއްޓީއަށް މަރުހަބާ ކިޔަމުން ދިވެހި ފުލުހުންގެ ފަރާތުން ބެލެނިވެރިންނަށް ބޭނުންތެރި މުހިއްމު ނަސޭހަތްތަކެއް ހިއްސާކޮށްފިއެވެ. އުފާވެރި ޗުއްޓީއަކަށް އެދި އެކަކު އަނެކަކަށް ހެޔޮއެދުމާއި ތަހުނިޔާތައް ކިޔ...

22 Dec 2022 | 05:55

ޗުއްޓީއަށް މަރުހަބާ ކިޔަމުން ދިވެހި ފުލުހުންގެ ފަރާތުން ބެލެނިވެރިންނަށް ބޭނުންތެރި މުހިއްމު ނަސޭހަތްތަކެއް ހިއްސާކޮށްފިއެވެ.

އުފާވެރި ޗުއްޓީއަކަށް އެދި އެކަކު އަނެކަކަށް ހެޔޮއެދުމާއި ތަހުނިޔާތައް ކިޔަމުން އުފަލާއެކު ޗުއްޓީއަށް ފުރަމުންދާއިރު ބެލެނިވެރިއެއްގެ ހައިސިއްޔަތުން ޗުއްޓީގެ އުފާވެރިކަން ދެމެހެއްޓޭނޭހެން ކަންކަން ރާވައިލަން ނަސޭހަތްތެރިފައިވެއެވެ.

އެގޮތުން ނަމާދު ވަގުތު ޖެހިއްޖެކަން ދަރިންނަށް ހަނދާންކޮށްދިނުމާއި އާއިލީ ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި ގޭތެރޭގައި ކުރާ ބައެއް މަސައްކަތްތައް ދަސްކޮށްދިނުމުގެ އިތުރުން އެކުގައި ހިނގާލަން ނުވަތަ ޕާކަށް ދިޔުން ފަދަ ކަންތައްތައް ކުރުމަށް ބުނެދީފައިވެއެވެ.

މިކަންކަމުގެ އިތުރުންވެސް ކުދިންގެ ކިބައިގައި ހަރުލެއްވުން މުހިއްމު ކަންތައްތަކަކަށް ބާރުއަޅައި ނަސޭހަތްތެރިވެފައިވެއެވެ. މިގޮތުން ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި މަގުމަތީގެ އަދަބުތަކަށް އިހުތިރާމުކޮށް މުއާމަލަތުކުރުމުގެ ރީތިގޮތް ކުއްޖާއަށް ކިޔައިދިނުމުގެ މުހިއްމުކަން ފާހަގަކޮށްފައިވެއެވެ. އަދި އެއްކުއްޖަކު އަނެއް ކުއްޖަކަށް ބުލީ ނުކުރުމަށް ކުދިންނަށް ވިސްނައިދިނުމާއި މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކުރާއިރު ބެލެނިވެރިން އެކަމަށް ހާއްސަ ސަމާލުކަމެއްދީ ކުއްޖާ ރައްކާތެރިކުރުމަށް މަސައްކޮށްދިނުމަށް ވިސްނަދީފައިވެއެވެ. މީގެ އިތުރުން ގޭތެރޭގެ މާހައުލުންވެސް ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެއްކަމުގައި ހަނދުމަކޮށްދީފައިވެއެވެ.

ސުކޫލް ބަންދަކީ ކިޔަވާ ދަރިވަރުންނަށް އުފާވެރި ދުވަސްތަކަކަށް ވާއިރު ބޭނުންތެރި ހިތްހަމަޖެހޭ ގޮތަކަށް ޗުއްޓީ ހޭދަކުރުމަށް މަސައްކަތް ކުރަން ވާނެކަން ފުލުހުން ވަނީ ބެލެނިވެރިންނަށް ހަނދާން ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް