އިކޮނޮމިކް މިނިސްޓްރީއިން ރިސާރޗް ސެންޓަރެއް އިފްތިތާހުކޮށްފި

އިކޮމޮނިކް މިނިސްޓްރީއިން، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް ރިސާޗް ސެންޓަރެއް...

22 Dec 2022 | 05:00

އިކޮމޮނިކް މިނިސްޓްރީއިން، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް ރިސާޗް ސެންޓަރެއް (އީއާރްސީ) އިފްތިތާހުކޮށްފިއެވެ.

އީއާރުސީގެ ވިސްނުން ހުރީ ދުނިޔޭގެ އިނޮވޭޝަން ސެންޓަރުތަކާއި ސަރުކާރާއި ދިވެހި ރައްޔިތުންނާ ދެމެދު އިލްމާއި ހުނަރު ބަދަލުކުރުމުގައި މެދުވެރިއަކަށް މި ސެންޓަރު ހެދުމެވެ. އެގޮތުން ރިސަރޗް ސެންޓަރުގެ ބޭނުމަކީ ތަފާސް ހިސާބު ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކުލަވާލުމުގައި އާއްމުންގެ ހިއްސާ އިތުރުކުރުމުގެ މަސައްކަތް ކުރުން ކަމުގައި މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް އާއި މިނިސްޓްރީއާ ދެމެދު ފެބުރުއަރީ 2022 ގައި ސޮއިކުރެވުނު އެމްއޯޔޫ އެއްގެ ދަށުން ފޯރުކޮށްދެއްވާފައިވާ ފަންނީ އެހީތެރިކަމާއެކުގައި ހެދިގެން ދިޔަ ސެންޓަރެއް ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ.

ރިސާރޗް ސެންޓަރު ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ ވަނީ ސަރުކާރުގެ ވުޒާރާތަކުގައި ޒަމާނުއްސުރެ މައުލޫމާތުތަކެއް އެއްކުރެވިފައި ހުރި ނަމަވެސް ގިނަ މައުލޫމާތެއް ހުރީ ދިރާސާތަކާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ނޫންކަމުގައެވެ. އެގޮތުން އެ މައުލޫމާތުތައް ބޭނުންކުރެވޭނެ ގޮތަކަށް އީއާރްސީ ގެ ތެރެއިން ބަދަލުކޮށް ބެލެހެއްޓުމަށް މަގުފަހިބުމާއި ސިޔާސަތުތައް ކަނޑައަޅަން ފަސޭހަވެގެން ދާނެކަމަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އިކޮނޮމިކް ރިސަރޗް ސެންޓަރުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ތަފާސް ހިސާބާއި އީޖާދީ ވަސީލަތްތައް ބޭނުން ކުރުމަށް މަގުފަހިކޮށްދިނުމާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ގޮތްތަކަށް ބޮޑު ބަދަލެއް ގެނައުމަކީ އެ ސެންޓަރުގެ އަމާޒު ކަމުގައި މިންސްޓްރީން ފާހަގަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް