އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ 49 ރިސޯޓަކަށް ފިޔަވަޅު އަޅައިދޭން ޓީމުން އެދިއްޖެ

އިތުރު ގަޑީގެ އެލަވަންސް ނުދީ މަސައްކަތް ކުރުވާ 49 ރިސޯޓަކަށް ފިޔަވަޅު އަޅައިދޭން ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން (ޓީމް)އިން ޓުއަރިޒަމް މިނިސްޓްރީގައި އެދިއްޖެއެވެ. ޓީމް އިން ޓުއަރިޒަމް މިނިސްޓ...

22 Dec 2022 | 04:55

އިތުރު ގަޑީގެ އެލަވަންސް ނުދީ މަސައްކަތް ކުރުވާ 49 ރިސޯޓަކަށް ފިޔަވަޅު އަޅައިދޭން ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން (ޓީމް)އިން ޓުއަރިޒަމް މިނިސްޓްރީގައި އެދިއްޖެއެވެ.

ޓީމް އިން ޓުއަރިޒަމް މިނިސްޓްރީގައި މިގޮތަށް އެދިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރިސޯޓު ވޯކާސް މޯލްޑިވްސްގެ ނަމުގައި ފޭސްބުކްގައި 51 ހާސް މީހުން ފޮލޯކޮށް ހިންގަމުން އަންނަ ޕޭޖުގައި އިތުރުގަޑީގެ އެލަވަންސް ނުދީ މަސައްކަތްކުރުވާ ރިސޯޓުތައް ލިސްޓުކުރަން އެ ސިނާއަތުގެ މަސައްކަތްތެރިންނަށް ހުޅުވާލާ ޓީމް މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަން ހާމަކޮށްފައި ވާތީއެވެ.

ރިސޯޓު ވޯކާސްގެ ނަމުގައި ފޭސްބުކުގައި ހިންގަމުން އަންނަ ޕޭޖަކީ އެ ޕޭޖު މެދުވެރިކޮށް ރިސޯޓު މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އާންމުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރާ ޕޭޖެކެވެ.

މިގޮތުން އިތުރު ގަޑީގެ އެލަވަންސް ނުދީ މަސައްކަތް ކުރުވާ ރިސޯޓުތަކުގެ ނަންތައް ލިސްޓް ކުރަން އެ ޕޭޖުން ހުޅުވާލުމާއެކު އެ ސިނާއަތުގެ މަސައްކަތްތެރިން ލިސްޓުކޮށްފައިވާ ގޮތުން އެންމެ ގިނައިން ނަން ޖެހި ރިސޯޓުތަކުގެ ގޮތުގައި 49 ރިސޯޓެއްގެ ނަމާއެކު އެ ރިސޯޓުތަކުގެ މައްސަލަ ބަލައިދޭން އެ ޕޭޖުގެ ފަރާތުން ވަނީ ޓުއަރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން (ޓީމް) ގެ ފަރާތުން އެދިފައެވެ.

އެގޮތުން ޓީމް އިން މި މައްސަލަބަލައި ދިނުމަށް އެދި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ، ވަޒީފާއާއިބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ)ގައި ''މުވައްޒަފަކުލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ¼1 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ½1 ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އެމުވައްޒަފަކަށް، ވަޒީފާދޭފަރާތުން ދޭންވާނެ ކަމަށާއި މިމާއްދާއާއި އެއްގޮތަށް ވަޒީފާއަދާކުރާ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާއަކީ ދޭންޖެހޭ އެއްޗެއް ކަމަށް ޓީމް އިން ބުނެފައި ވެއެވެ.

މީގެ އިތުރުން ޓީމް އިން ވަނީ އިތުރުގަޑީގެ އެލަވަންސް ނުދީ މަސައްކަތްކުރުވާ 49 ރިސޯޓުގެ ނަން ހިމަނައި އެއީ ޤާނޫނާއި ޚިލާފް ޢަމަލަކަށްވެފައި، އެ ރިސޯޓުތަކުން ޤާނޫނާއި ޚިލާފަށް މި ޢަމަލުކުރަމުންދާތީ ލޭބާ ރިލޭޝަން އޮތޯރިޓީ މެދުވެރިކޮށް އިންސްޕެކްޓްކޮށް ދެއްވާ، އިތުރު ގަޑީގެ ފައިސާ ނުދައްކާ ރިސޯޓުތަކަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް އަންގައި، އަދި އިތުރުގަޑި ނުދީ މަސައްކަތް ކުރުވާނަމަ ފިޔަވަޅުއަޅައިދިނުމަށް ޓުއަރިޒަމް މިނިސްޓަރގެ އަރިހުން އެދިލައްވާފައެވެ.

އިތުރު ގަޑީގެ އެވަންސް ނުދީ މަސައްކަތް ކުރުވާ ރިސޯޓުތައް:

  1. ރެސިޑެންސް މޯލްޑިވްސް
  2. ލިލީ ބީޗު ރިސޯޓު
  3. ސެންޓަރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
  4. ރިހިވެލި މޯލްޑިވްސް ރިސޯޓް
  5. ޑައިމަންޑްސް އަތުރުގާ އެންޑް ވޯޓާ ވިލާސް
  6. ބިންޝަން ނޫނު
  7. ސަން ޝިޔާމް އިރުފުށި މޯލްޑިވްސް
  8. އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު
  9. ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ
  10. ހުރުވަޅި އައިލެންޑް ރިސޯޓް
  11. ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓް
  12. ފިހާޅޮހި އައިލެންޑް ރިސޯޓް
  13. ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވްސް
  14. ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑް
  15. ސައި ލެގޫން މޯލްޑިވްސް
  16. ޖުމޭރާ މޯލްޑިވްސް އޮޅަހަލި މޯލްޑިވްސް
  17. ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
  18. ހައިޑްއަވޭ ބީޗް އެންޑް ސްޕާ މޯލްޑިވްސް
  19. ސިނަމަން ވެލިފުށި މޯލްޑިވްސް
  20. އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި
  21. ކަނޑިންމަ މޯލްޑިވްސް
  22. ކޮކޫން މޯލްޑިވްސް
  23. ޕާކް ހަޔަޓް މޯލްޑިވްސް
  24. ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
  25. ހެރިޓެންސް އާރަށް
  26. މާކުއާ ހޮޓެލް
  27. ގްރޭންޑް ޕާކު ކޮށްދިއްޕަރު
  28. ޔޫ އެންޑް މީ ބައި ކޮކޯން
  29. ސޮނެވާފުށި ރިސޯޓް
  30. ބަރޮސް މޯލްޑިވްސް
  31. އެމަރަލްޑް ފަސްމެންދޫ
  32. އެމަރަލްޑް ފާރުފުށި
  33. އެޓްމޮސްފިއާ ކަނިފުށި
  34. ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
  35. އޮބްލޫ ސަންގެލި
  36. ނައުޓިލަސް މޯލްޑިވްސް
  37. ނޯކު މޯލްޑިވްސް
  38. ޖޭއޭ މަނަފަރު ޕްރައިވެޓް އައިލެންޑް
  39. ފުށިފަރު މޯލްޑިވްސް
  40. ކުރެއްދޫ މޯލްޑިވްސް އެންޑް ސްޕާ
  41. ސިނަމަން ދޮންވެލި
  42. ހޮނޑާފުށި އައިލެންޑް ރިސޯޓް
  43. ކިހާ މޯލްޑިވްސް
  44. ފަން އައިލެންޑް މޯލްޑިވްސް
  45. ދަ ބެއާ ފޫޓް އެކޯ ހޮޓެލްސް
  46. ކުޑަވިލިގިލި ރިސޯޓް މޯލްޑިވްސް
  47. ވައްކަރު މޯލްޑިވްސް
  48. ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް
  49. ސަން ޝިޔާމް އޮޅުވެލި

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް