ރީތި ތާރީހެއްކަމުން ކައިވެނި ގިނަ ދުވަހެއް - ކޯޓު ބޭރުގައި ޓެންޓް ޖަހައިފި

މިއަދު ފެމިލީ ކޯޓުން 60 އެއްހާ ކައިވެނި ކޮށްދޭނެކަމަށް ބެލެވޭއިރު ކޯޓުގެ ބޭރުގައި ފެމިލީ ކޯޓުން ޓެންޓް ޖަހައިފިއެވެ. އެ ކޯޓުން މިއަދު ބުނެފައިވަނީ މިއަދު (22 ޑިސެންބަރު 2022) ގައި ގިނަ އަދަދެއްގެ ކާވެ...

22 Dec 2022 | 03:57

މިއަދު ފެމިލީ ކޯޓުން 60 އެއްހާ ކައިވެނި ކޮށްދޭނެކަމަށް ބެލެވޭއިރު ކޯޓުގެ ބޭރުގައި ފެމިލީ ކޯޓުން ޓެންޓް ޖަހައިފިއެވެ.

އެ ކޯޓުން މިއަދު ބުނެފައިވަނީ މިއަދު (22 ޑިސެންބަރު 2022) ގައި ގިނަ އަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކޯޓަށް ދުރުވާ ބޭފުޅުންނަށް ލުއިފަސޭހަ ކޮށްދީ، އަވިން ސަލާމަށްވެވޭނެ  އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަޤްޞަދުގައި ކާވެނި ޑިވިޜަންގެ މަގާވީ ފަރާތުގައި ވާނީ ޓެންޓްޖަހާފައި ކަމަށެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރ އަހްމަދު ޝަފްއާން ވިދާޅުވީ މިއަދުގެ ލިސްޓު އަދި އެކުގައި ފައިނަލް ނުވާކަމަށާއި ނަމަވެސް މިއަދު ކޮށްދިނުމަށް ހަމަޖެހިފައިވާ ކައިވެނީގެ އަދަދު 60 އެއްހާ ކައިވެެނި ކޮށްދޭނެކަމުގަި ބެލެވޭކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ރީތި ތާރީހެއް ކަމުގައިވާ 22 – 2 – 22 ގައި މާލޭގައި 80 އަށްވުރެ ގިނަ ކައިވެނި ކުރިއެވެ. އެދުވަހުވެސް ކޯޓުގެ ބޭރުގައި ޓެންޓު ޖެހިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް