ޕީއެސްޖީ އަކީ އެމްބާޕޭއަށް އެކަށީގެންވާ ކުލަބެއް ނޫން، އޭނާ ބަދަލުވާންވީ ޔުނައިޓެޑަށް - ރޫނީ

ފްރާންސްގެ ޕީއެސްޖީ އަކީ އެމްބާޕޭ ފަދަ ކުޅުންތެރިއަކަށް އެންމެ އެކަށީގެން ވާ ކުލަބެއް ނޫން ކަމަށް އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ވޭން ރޫނީ ބުނެފިއެވެ. ވޯލްޑް ކަޕް ފައިނަލުގައި އެމްބާޕޭ ދެއްކި...

21 Dec 2022 | 19:12

ފްރާންސްގެ ޕީއެސްޖީ އަކީ އެމްބާޕޭ ފަދަ ކުޅުންތެރިއަކަށް އެންމެ އެކަށީގެން ވާ ކުލަބެއް ނޫން ކަމަށް އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ވޭން ރޫނީ ބުނެފިއެވެ.

ވޯލްޑް ކަޕް ފައިނަލުގައި އެމްބާޕޭ ދެއްކި މޮޅު ކުޅުމާއި އެކު ގިނަ ބައެއްގެ ތައުރީފް ލިބުނު އެމްބާޕޭއާއި ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކަމުން ރޫނީ ބުނީ އެމްބާޕޭ ފަދަ މުސްތަޤްބަލެއް އޮތް ޒުވާން ކުޅުންތެރިއަކަށް ޕީއެސްޖީ ކަހަލަ ކުލަބަކީ އެންމެ އެކަށީގެންވާ ކުލަބެއް ނޫން ކަމަށާއި އެމްބާޕޭއަށް އެންމެ އެކަށީގެންވާ ކުލަބަކީ މެންޗެސްޓަރ ޔުނައިޓެޑް ކަމަށް ގަބުލުކުރާ ކަމަަށެވެ.

ރޫނީ ބުނީ އެމްބާޕޭ ބަދަލުވާން ވީ ސްޕެއިންގެ ރެއާލް މެޑްރިޑް ނޫނީ މެންޗެސްޓަރ ޔުނައިޓެޑަށް ކަމަށާއި މުސްތަޤްބަލަށް ބަލާނަމަ އެމްބާޕޭއަށް އެންމެ ގިނަ ކުރިއެރުން ހޯދޭނޭ ރަނގަޅު ދެ ކުލަބަކީ އެއީކަމަށެވެ.

" އެމްބާޕޭ ކަހަލަ ޒުވާން ހުނަރުވެރި ކުޅުންތެރިއަކަށް ޕީއެސްޖީ އަކީ އެންމެ އެކަށީގެންވާ ކުލަބެއްނޫ. އޭނާ މިހާރުން މިހާރަށްވެސް ބަދަލުވާންވީ ސްޕެއިންގެ ރެއާލް މެޑްރިޑް ނޫނީ މެންޗެސްޓަރ ޔުނައިޓެޑަށް. އެމްބާޕޭއަށް ރަނގަޅު ކުރިއެރުމެއް ލިބެން އޮތީ އެފަދަ ކުލަބަކަށް ބަދަލުވެގެން." ރޫނީ ބުނެފައިވެއެވެ.

އެމްބާޕޭ އަކީ މަވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. އެންމެ ފަހުން ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕް ފައިނަލަށް ފްރާންސް ގެންގޮސް ދިނުމުގައި އެމްބާޕޭގެ ދައުރު ބޮޑެވެ. އޭނާ ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ އަށް ގޯލު ޖަހައިފައެވެ. އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި އެމްބާޕޭ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކްވެސް ހަދާފައެވެ. އެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓް ވެސް ހޯދީ އޭނާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް