ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި ނަަން ހުށަހަޅާފައި ވަނީ އެންމެ ފަރާތެއް ކަމުގައި އެ ޕާޓީން ބުނެފިއެވެ.
އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުު އަވަހާރަވުމާއި ގުޅިގެންނެވެ.
އެ ފުރުސަތުގައި ނަން ހުށަހަޅާފައި ވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. އެންމެ ބޭފުޅަކު މި ފުރުސަތުގައި ނަން ހުށަހަޅާފައި އޮތުމުން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ އެއް ނުބާއްވާނެއެވެ.
ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ވެސް އެމްޑީޕީގެ ބޮޑު ތާއީދެއް އޮވެއެވެ. ރާޝިދު ވަނީ މިދިޔަ ތިން ދައުރު ކޮމަންޑޫގެ ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާފައެވެ.
އިލެކްޝަން ކޮމިޝަނުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު ހަތަރުގަޑި ސުން މިނެޓަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ.
މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް