އިދިކޮޅަށް ސަޕޯޓުކުރާ ނޫސްވެރިޔާ ޝިއުނާ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނަކަށް

މަލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު ނުވަތަ މީޑިއާ އެގްޒެކެޓިވްގެ ގޮތުގައި މަރިޔަމް ޝިއުނާ އައްޔަން ކޮށްފި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސް ކުރީ މިއަދު އޮތް އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގ...

22 Dec 2021 | 15:17

މަލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު ނުވަތަ މީޑިއާ އެގްޒެކެޓިވްގެ ގޮތުގައި މަރިޔަމް ޝިއުނާ އައްޔަން ކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސް ކުރީ މިއަދު އޮތް އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ޝިއުނާ އެމަގާމަށް އައްޔަން ކުރީ ވޯޓު ނަގައި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

ޝިއުނާ މިހާތަނަށް މަސައްކަތް ކުރީ ދިވެހި ޗެނަލްގައި އެވެ. އޭނާ އެތަނުގައި އެންމެ ފަހުން އަދާ ކުރީ އެ ޗެނަލްގެ ނިއުސް ހެޑުގެ މަގާމެވެ.

ޝިއުނާ ފާހަގަވެގެން ގޮސްފައިވަނީ ސަރުކާރާއި ދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތް ކުރާ ނޫސްވެރިއެއްގެ ގޮތުގައި އެވެ. ހާއްސަކޮށް އޭނާ އަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީއަށް ތާއިދުކޮށް ސަރުކާރުގެ ވުޒާރާތަކަށް ސުވާލު އަމާޒު ކުރާ ނޫސްވެރިއެކެވެ.

މާލޭ ސިޓީ ކައުންސިލަކީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނަކަށް ޝިއުނާ އައްޔަން ކުރި އިރު ރާއްޖެ ޓިވީގެ ނޫސްވެރިން ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މީޑިއާ ޑިޕާޓްމެންޓުގެ ވެރިންނަށް ހަމަޖައްސާތީ އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް