ދިވެހި ފިލްމް ދެރިޔާގެ ސަޕޯޓިންގ އެކްޓްރެސް ނިޔާވެއްޖެ

ދިވެހި ފިލްމު ދެރިޔާގެ ސަޕޯޓިންގ އެކްޓްރެސް ޙައްވާ ރިޔާޒާ ނިޔާވެއްޖެއެވެ. ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޙައްވާ ރިޔާޒާ އަކީ ކުރިން ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އ...

22 Dec 2015 | 09:12

ދިވެހި ފިލްމު ދެރިޔާގެ ސަޕޯޓިންގ އެކްޓްރެސް ޙައްވާ ރިޔާޒާ ނިޔާވެއްޖެއެވެ.

ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޙައްވާ ރިޔާޒާ އަކީ ކުރިން ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އޭނާ ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުގައި އޯވަރީގެ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެެއްގައެވެ.

ޢުމުރުން 45 އަހަރުގައި ނިޔާވި ޙައްވާ ރިޔާޒާ ބޭސްފަރުވާއަށް ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ޙައްވާ ރިޔާޒާއަކީ ސުކޫލު ދައުރުގައި އަދަބީ ހަރަކާތްތަކުގައާއިސުކޫލު ކުދިންގެ ލަވަމުބާރާތުން ރަން ވަނަތަކެއްވެސް ހޯދާފައިވާ ފަރާތެކެވެ.

މަރްޙޫމާ ޙައްވާ ރިޔާޒާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުވަސްއެމްވީގެ މެނޭޖްމެންޓާއި މުއައްޒަފުން ދުޢާކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް