ހާދިސާތަކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއިމެދު ގއ ގައި އުޅޭ ސިފައިންނާއި ފުލުހުން މަޝްވަރާކޮށްފި

ދިމާވާ އެކިއެކި ހާދިސާތަކުގައި ގއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސަދަރން އޭރިޔާގައި މަސައްކަތްކުރާ ސިފައިން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮ...

22 Dec 2015 | 09:07

ދިމާވާ އެކިއެކި ހާދިސާތަކުގައި ގއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސަދަރން އޭރިޔާގައި މަސައްކަތްކުރާ ސިފައިން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ގއ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަޙީދު އާއި އެމްއެންޑީއެފްގެ ސަދަރން އޭރިޔާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހިމް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ފުލުހުން ބުނީ މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގައި އޮތް މި ބައްދަލުވުމުގައި ވަނީ ދިމާވާ އެކިއެކި ހާދިސާތަކުގައި ސިފައިންގެ ފަރާތުން ފުލުހުންނަށް ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުންނާއި ދިމާވާ އެކިއެކި ހާދިސާތަކުގައި ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. މީގެއިތުރުން ގއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ފަރާތުން ސަދަރން އޭރިޔާގައި މަސައްކަތްކުރާ ސިފައިންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި ގއ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަޙީދު އާއި އެމްއެންޑީއެފް ސަދަރން އޭރިޔާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހިމްގެ އިތުރުން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި އެމްއެންޑީއެފް ސަދަރން އޭރިޔާގައި މަސައްކަތްކުރައްވާ ސީީނިއަރ ބައެއް ސިފައިން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް