އޮމާންގެ ސަފީރު ރައީސްއަށް ފަތްކޮޅު އަރުވައިފި

އޮމާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ 'ނޮން-ރެސިޑެންޓް' ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ. ރައީސުލްޖުމް...

22 Dec 2015 | 09:00

އޮމާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ 'ނޮން-ރެސިޑެންޓް' ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޮމާންގެ އާ ސަފީރު ޝައިޚް ހަމަދް ބިން ސައިފް ބިން ޢަބްދުލްޢަޒީޒް އަލް ރަވާހީ، އެމަނިކުފާނުގެ ސަަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު އޮމާންގެ އާ ސަފީރާ ރައީސުލް ޖުމްހޫރިއްޔާ ބައްދަލުކުރައްވައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

އަދި ރާއްޖެ އާއި އޮމާންއާ ދެމެދުގައިވާ ގާތް އަޚުވަންތަ ގުޅުމަށް 35 އަހަރުވެފާވާކަން ފާހަގަކުރައްވާ އާ ސަފީރުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިޤްތިޞާދީ ދާއިރާއިންނާއި އިންވެސްޓްމަންޓުގެ ދާއިރާއިން  ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކޮށް ބައިނަލްއަޤްވަމީ މައިދާނުގައި އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓްރީ ރޮފް ފޮރިން އެފެއަރޒްގެ ފޮރިން ސެކްރެޓަރީ ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް