ޕީއެސްއެމް އިން އިސްނަގައިގެން ހިންގާ ގައުމީ ކެމްޕެއިން "ރެސްޕެކްޓް" އެސްޓީއޯ އިން އެންޑޯސް ކޮށްފިއެވެ.
މިކެމްޕެއިންގެ މަޤްޞަދަކީ ޤައުމުގެ އެކި ފަންތީގެ މީހުންގެ މެދުގައި އިޙްތިރާމް ލިބިގެންވާ މުޖުތަމަޢެއް އަށަގެންނެވުމެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީދު ވިދާޅުވީ ބޭނުންވަނީ "ރެސްޕެކްޓް" ކެމްޕެއިން އެންޑޯސްކޮށް އެސްޓީއޯގެ މުއައްޒަފުންނަކީ މިކަމުގައި ނަމޫނާ މުވައްޒަފުންނަށް ހެދުން ކަމަށެވެ. އަދި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ތަކުންވެސް ވަރަށް އަވަހަށް މިކެމްޕެއިންގައި ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޚަލީލް ވިދާޅުވީ "ރެސްޕެކްޓް" ކެމްޕެއިންއަކީ ސަރުކާރާއި ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއި ޢާންމު ފަރުދުން ބައިވެރިވެގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކެމްޕެއިންއެއް ކަމަށާއި އެސްޓީއޯ އިން މިކަހަލަ ކެމްޕެއިން ތަކަށް ދެއްވާ އެއްބާރުމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެސްޓީއޯ އިން މީގެ ކުރިންވެސް "ރެސްޕެކްޓް" ކެމްޕެއިން އާއި ވަރަށް އެއްގޮތް ކެމްޕެއިން އެއް "ސްމައިލް ކެމްޕެއިން" ގެ ނަމުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް