ކޮލި އަލީ އުމަރު މަނިކުގެ އާއިލާއަށް ރައީސް ނަޝީދު ތައުޒިޔާ ދަންނަވައިފި

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު 19 ޑިސެމްބަރ 2015 ގައި ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެޑައިގަނ...

22 Dec 2015 | 08:07

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު 19 ޑިސެމްބަރ 2015 ގައި ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެޑައިގަންނަވައި ޢަލީ އުމަރު މަނިކުގެ ޢާއިލާއަށް ރައީސް ނަޝީދު ތައުޒިޔާ ދަންނަވައިފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު ދިވެހިރާއްޖެއަށް ކުރައްވާފައިވާ ޚިދުމަތްތަކަކީ އަގުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަލްމަރުހޫމް އިބްރާހީމް ނާސިރުގެ ރައީސްކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ފުރިހަމަ ކުރައްވައި އެމަނިކުފާނަކީ ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގައިވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

"ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢަލީ އުމަރު މަނިކު ފާހަގަ ކުރެވެނީ ވިޔަފާރީގެ ދާއިރާއިން ނަމަވެސް ގިނަގުނަ ހުރަސްތަކަކާއެކު 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް މިނިވަކަން ލިބުނު އެގްރީމެންޓުގައި ސޮއި ކުރުމާއި ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމުގައި އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަ ކުރަން، އަދި ޤައުމީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި ޢަލީ ޢުމަރު މަނިކުގެ މަސައްކަތްޕުޅުތަކަކީ ތަޢުރީފް ހައްޤު ކަންކަން" ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޢަލީ އުމަރު މަނިކުގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދި ދުޢާކުރާ ކަމަށާއި އަދި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާ ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް