ޖެނީވާފައި ހުންނަވާ އދ ގެ ދާއިމީ މަންދޫބުގެ މަގާމަށް ޑރ. ހާލާ ހަމީދު މިއަދު ހަމަޖައްސަވައިފި އެވެ.
ހާލާ ހަމީދު މި މަގާމަށް ހަމަޖައްސަވައި މަގާމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ
މިއަދާއި ހަމައަށް ހާލާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ. އެ މަގާމަށް ހާލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވާފައި ވަނީ މިދިޔަ މަހުއެވެ. ހާލާއަށް ރުހުން ދެއްވާފައި ވަނީ ވޯޓުލުމަށް ހާޒިރުވެ ތިއްބެވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް