ޑޯނަލްޑް ޓްރަމްޕް --
އީރާނުން ވޮޝިންޓަނަށް އަމާޒުކޮށް "ޑާޓީ ބޮމެއް" ތައްޔާރުކުރަމުންދާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން އެފަދަ ކަމެއް ހިނގައިފިނަމަ އަސްކަރީ ގޮތުން ރައްދު ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އީރާނުގެ ހަރަކާތްތައް ގާތުން ބަލަމުންދާ ކަމަށެވެ.
އީރާނުން ޑާޓީ ބޮމެއް ތައްޔާރުކުރާ ކަމުގެ ވާހަކަތައް ދައުރުވާ ކަމަށް ފާހަގަކޮށް، އެފަދަ ކަމެއް ހަގީގަތަކަށް ވެއްޖެނަމަ ހަނގުރާމައަށް ނުކުންނާނެ ކަމަށް އޭނާ ބުންޏެވެ.
އީރާނާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ޖާސޫސީ މަޢުލޫމާތު ލިބޭކަމަށް ޓްރަމްޕް ބުންޏެވެ. އަދި ބުނީ އީރާނުގައި ހިނގާ ކަންކަމާއި ދަތުރު ކުރާ ތަންތަނާއި އެ ޤައުމުގެ ވެރީން ދައްކާ ވާހަކަތައް ވެސް އެމެރިކާއަށް ބަރާބަރަށް އެނގޭނެ ކަމަށެވެ.
ޓްރަމްޕް މި އިންޒާރު ދީފައި ވަނީ، ވޮޝިންގޓަނުގައި ތިބި ޓްރަމްޕް ސަރުކާރުގެ އިސް ވެރީންނަށް އަމާޒުކޮށް ޑާޓީ ބޮމެއް ނުވަތަ ކެމިކަލް ހަތިޔާރެއް ބޭނުންކުރުމުގެ ރޭވުމެއް އީރާނުން ރާވަމުންދާ ކަމަށް، ޖާސޫސީ މަޢުލޫމާތު ދަންނަ ހަތް އެމެރިކާ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކުރި ޚަބަރާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް