އެމްއެމްއޭ ފިންލިޓް ފެސްޓް: ވަށަފަރުގައި ކުޑަކުދީންގެ ހަވީރެއް ބާއްވައިފި

އެމްއެމްއޭގެ ފިންލިޓް ފެސްޓްގެ ތެރެއިން ހއ. ވަށަފަރުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވައި، ފައިސާއާ ގުޅޭ މާލީ ތައުލީމު ކުޅިވަރުތަކާ އެކު ފޯރުކޮށްދީފިއެވެ.

21 Nov 2026 | 21:50
އެމްއެމްއޭ ފިންލިޓް ފެސްޓް: ވަށަފަރުގައި ކުޑަކުދީންގެ ހަވީރެއް ބާއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހއ. އަތޮޅުގައި ހިންގާ ފިންލިޓް ފެސްޓްގެ ތެރެއިން ހއ. ވަށަފަރުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވައިފިއެވެ.

ވަށަފަރުގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ
ވަށަފަރުގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ

ވަށަފަރު ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން އެ ރަށުގެ ޖަމްއިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ގިނަ އަދަދެއްގެ ކުދިން ބައިވެރިވެ، ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

Advertisement

ވަށަފަރުގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ
ވަށަފަރުގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ

ތަފާތު ކުޅިވަރުތަކާ އެކު ކުރިއަށް ގެންދިޔަ މި ހަވީރުގައި ކުޑައިރުއްސުރެ ފައިސާގެ ކަންކަމާ މެދު ކުދިން ހޭލުންތެރިކުރުމުގެ ގޮތުން މާލީ ތައުލީމާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. ހަމައެއާ އެކު، ފައިސާގެ ތާރީހު ދައްކައިދޭ ހާއްސަ ސްޓޯލެއް ބަހައްޓައި، އެ ސްޓޯލް މެދުވެރިކޮށް ކުދިންނަށް ފައިސާގެ ތާރީހީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ވަށަފަރުގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ
ވަށަފަރުގައި ބޭއްވި ކުޑަކުދީންގެ ހަވީރުގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ

ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓް ކާޑު ހިމެނޭ ގޮތަށް އެކި އިނާމުތައް ދީފައިވެއެވެ.

ފިންލިޓް ފެސްޓްގެ ދަށުން އެމްއެމްއޭއިން ހއ. އަތޮޅުގެ ހަ ރަށެއްގައި މާލީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް