ރައީސް މުއިއްޒު ޑިސެމްބަރުގައި ބަންގުލަދޭޝް އަށް !

މެލޭޝިއާގެ ބޮޑުވަޒީރާއި ރައީސް މުއިއްޒު ޑިސެމްބަރު މަހު ބަންގުލަދޭޝަށް ވަޑައިގެން ވިޔަފާރިއާއި އިންވެސްޓްމެންޓާއި ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

21 Nov 2026 | 19:17
ރައީސް މުއިއްޒު ޑިސެމްބަރުގައި ބަންގުލަދޭޝް އަށް !

ޑިޕްލޮމެޓިކް އަދި އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިސެމްބަރު މަހުގެ ތެރޭގައި ބަންގުލަދޭޝަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބަންގުލަދޭޝް ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

ހާރިޖީ ވުޒާރާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމް ޑާކާއަށް ވަޑައިގަންނަވާނީ ޑިސެމްބަރު ހަތެއް އަދި އަށެއްގައެވެ. ރައީސް މުއިއްޒު ވަޑައިގަންނަވާނީ ޑިސެމްބަރު 13 ގައި ކަމަށާއި، ތިން ދުވަހުގެ ދަތުރުފުޅަށް ފަހު ޑިސެމްބަރު 16 ގައި ފުރައިވަޑައިގަންނަވާނެ ކަމަށް ވެސް އެ އޮފިޝަލުން ބުނެފައިވެއެވެ.

Advertisement

މި ދެ ދަތުރުފުޅުގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ހަކަތައާ ގުޅޭ ގޮތުންނާއި، ބަންގުލަދޭޝް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދުމާއި، ސަރަހައްދީ ގުޅުންތައް ހަރުދަނާ ކުރުމާއި، ރޮހިންޔާ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެއެވެ. ބަންގުލަދޭޝް މަސައްކަތްތެރީން ގިނަ އަދަދަކަށް ހިޖުރަކުރާ ގައުމެއްގެ ގޮތުގައި މެލޭޝިއާ ފާހަގަކުރެވޭ އިރު، ރާއްޖެއާ އެކު ފަތުރުވެރިކަމާއި މަސްވެރިކަމާއި ސިއްހީ ދާއިރާ އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ރޮނގުން ފުރުސަތުތައް އޮތެވެ.

ބޮޑުވަޒީރު ތާރިގް ރަހްމާން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މި އަހަރުގެ ޖޫން މަހު މެލޭޝިއާއަށް ވަޑައިގެންނެވިއެވެ. ރައީސް މުއިއްޒު ވެސް ފެބްރުއަރީ 17 ގައި ބަންގުލަދޭޝްގެ އައު ސަރުކާރު ހުވައި ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް